ފޮނަދޫ ޑެލިވަރީ ސަރވިސް އަކީ ފޮނަދޫގެ ކޮންމެ ހިސާބަކަށް، ހޮޓާ، ރެސްޓޯރެންޓް، ފިހާރަ، ގާޑިޔާތަކުން މުދާ ގަނެގެން އަގުހެޔޮކޮށް ޑެލިވަރީ ކޮށްދިނުމަށް ދެވޭ ޚިދުމަތެކެވެ. އަދި މީގެ އިތުރުން މަސްވިއްކާ ތަންތަނުން ރޯމަހާއި ހިކިމަސް އަދި ރިހާކުރުފަދަ ތަކެތިވެސް ގަނެގެން، އަތްފޯރާހައި ހެޔޮ އަގެއްގައި ޑެލިވަރީކޮށްދިނުންވެސް އަޅުގަނޑުމެންގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.
މި ޚިދުމަތަކީ ފިހާރަތަކައި ދުރުގައި އުޅުއްވާ ބޭފުޅުންނާއި، ތަންކޮޅެއް އެކަނިވެރިކޮށް އުޅުއްވާ ބޭފުޅުންނާއި އެކަނި ދިރިއުޅުއްވާ އަންހެން ބޭފުޅުންނަށް ފަސޭހަކަމާއިއެކު މުދާ ގަނެ، ގޭގެ ދޮރާއި ހަމަށް ގެނައުމަށް ފަސޭހަކަމާއި އެކު ބޭނުންކުރެއްވިދާނެ ފަސޭހަ ޚިދުމަތެކެވެ.
މިއީ ރަމަޟާންމަހު ތިޔަބޭފުޅުން ފިހާރަތަކަށް ހިންގެވުމާއި ދުއްވުމުން ސަލާމަތްވުމަށް ރަނގުގެ ފުރުޞަތެކެވެ.
މި ޚިދުމަތް ހޯއްދެވުމަށް 9663810 މި ނަންބަރަށް ގުޅުއްވުން އެދެމެވެ.

No comments:
Post a Comment